އަލްފާޟިލާ ޝިމްލާ ނަސީމް
ހ. ގާތުގިރި

                  ޝިމްލާ ނަސީމަކީ، ކޭކު އެޅުމާއި ކޭކު ޒީނަތްތެރިކުރުމުގެ މަސައްކަތް، އެހެން މީހުންނަށް ދަސްކޮށްދެއްވަމުން ގެންދަވާ އަދި މިރޮނގުގައި ކާމިޔާބީތަކެއްވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ހޮޓެލް އޭޝިއާ އެގްޒިބިޝަންް އެންޑް ކަލިނަރީ ޗެލެންޖް 2006 ން 2 ވަނައާއި، 2004ން 1 ވަނައާއި، 2002 ން 2 ވަނައާއި، 2004 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު ކަލިނަރީ ޗެލެންޖުން 2 ވަނައާއި، ރާއްޖޭގެ ރިސޯޓްތަކާއި މާލޭގައި ކޭކުއަޅާ ފަރާތްތަކާއެކު ބޭއްވި ސެލެބްރޭޝަން ކޭކުއެޅުމުން 1ވަނަ ހާސިލުކުރައްވާފައިވެއެވެ.

                   މިމަސައްކަތް މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކަށް ޝިމްލާ ދަސްކޮށްދެއްވާފައި ވެއެވެ. މިމަސައްކަތް ޝިމްލާ ކުރައްވާތާ 23 އަހަރުވެއްޖެއެވެ.