އަލްފާޟިލް މުޙައްމަދު ޢަބްދުއްރަޙްމާން
ރ. އަލިފުށީ/ ސުވާސާ

                 މުޙަންމަދު ޢަބްދުއްރަޙްމާނަކީ، ތެދުއުއިވަޑާމުގެ މަސައްކަތް އަމިއްލައަށް ފަރުމާކުރައްވައި، ލަކުޑިއާއި ފައިބަރުގައި ކަނޑާނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢުރަޒުތަކުން ތަފާތު ވަނަތައް، މުޙަންމަދު ޢަބްދުއްރަޙްމާނު ވަނީ ހާސިލުކުރައްވާފައެވެ. މިގޮތުން، 32 ވަނަ މަޢުރަޒުން، މަޢުރަޒުގެ ޚާއްޞަ 5 ބައިގެ ތެރެއިން، އުކާލަންޖެހޭ ތަކެތި ބޭނުންކޮށްގެން މުޙަންމަދު ޢަބްދުއްރަޙްމާން އުފައްދަވާފައިވާ ތަކެއްޗަށް 1 ވަނަ 2 ވަނަ ލިބުމުގެ އިތުރަށް، އެ މަޢުރަޒުގެ މައިގަނޑު 25 ބައިގެ ތެރެއިން ފަރުމާކުރުމުގެ ބައިން 3 ވަނަ ހާސިލުކުރައްވާފައިވެއެވެ.

               މުޙަންމަދު ޢަބްދުއްރަޙްމާން މިމަސައްކަތް ކުރައްވާތާ 27 އަހަރު ވެއްޖެއެވެ.