އަލްފާޟިލާ ނަސީމާ ޒަކަރިއްޔާ
ގ. ކަނޑުވައިގެ

          ނަސީމާ ޒަކަރިއްޔާ މި މަސައްކަތް ފެށްޓެވީ، 1980 ވަަނަ އަހަރުއެވެ. ފުރަތަމަ ރާއްޖެއިން ބޭރުން ކަމާބެހޭ ތަމްރީނުތައް ހޯއްދަވާފައިވެއެވެ. މިގޮތުން، ސްރީލަންކާގަޔާއި އިންޑިޔާގައި އެކިދުވަސްވަރު އަމިއްލަ ޚަރަދުގައި ތަފާތު އެކި ރޮނގު ރޮނގުން އެކި މަސައްކަތްތައް ދަސްކުރައްވާފައިވެއެވެ.

          މިހާރު މިދާއިރާއިން 40 އަށްވުރެ ގިނަ ވައްތަރުގެ ކޯސްތައް ހިންގަވައި، މީހުން ތަމްރީނު ކުރައްވަމުން ގެންދަވައެވެ. ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކުގެ އެކިރަށްރަށަށް ވަޑައިގެން، މިކޯސްތައް ހިންގަވައި، އެތައްބަޔަކު ތަމްރީނު ކުރައްވާފައިވެއެވެ. މިގޮތުން، އަތޮޅުތަކުގައި ހިންގަވާ ކޯސްތަކަކީ، އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރެވޭ ބާވަތުގެ މަސައްކަތްތަކެވެ.

           މިއަދާ ހަމައަށް މިދާއިރާތަކުން ވަރަށްގިނަ އަދަދެއްގެ މީހުން ތަމްރީނު ކުރައްވާފައިވެއެވެ. މީގެތެރެއިން ވަރަށްގިނަ މީހުން، އެމީހުން އަމިއްލައަށް އާމްދަނީ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަން ފާހަގަކޮށްލެވެއެވެ.