ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް

                 ސްކިޕްޖެކް ޓޫނާ ގަނެ، ޕްރޮސެސްކޮށް ވިއްކުން ޢާންމު ފަރާތްތަކަށް ސަރުކާރުން ހުޅުވާލެއްވުމާ ގުޅިގެން ޒޯން 3 ގައި ޙަރަކާތްތެރިވުމުގެ ހުއްދަ މި ކުންފުންޏަށް ލިބުނެވެ. އޭގެފަހުން، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް، ޕްރައިވެޓް ސެކްޓަރަށް ޓެންޑަރ ކުރެވުމުން، ބިޑް ކާމިޔާބުކޮށް 2003 ވަނައަހަރު އެތަން ހިންގަން ފެށިއެވެ. މި ކުންފުނިން މިހާރުވެސް ފިނިކުރި ކަނޑުމަހާއި، ހިކިކަނޑުމަސް، ބައިނަލްއަޤްވާމީ މާކެޓަށް އެކްސްޕޯޓް ކުރަމުންގެންދެއެވެ. އަދި އެކްސްޕޯޓްކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އައިސްފައި ވެއެވެ. މި ކުންފުނިން މިއަހަރު ވަނީ، މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑަރޑް އައި.އެސް.އޯ. 9001:2000 އާއި، އެންވަޔަރަންމެންޓަލް މެނޭޖްމަންޓް  ސިސްޓަމް ސްޓޭންޑަރޑް އައި.އެސް.އޯ. 14001:2004 ހާސިލުކޮށްފައެވެ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި އުފެއްދުންތެރިކަން ފުޅާކުރުމުގެގޮތުން، އިންޓަރގްރޭޓްޑް ކޮމްޕްލެކްސެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. ދުވާލަކު 80 ޓަނު ޕްރޮސެސް ކުރެވޭ ކޭނަރީއެއްގައި މަސް ބަންދުކުރުުމުގެ މަސައްކަތް، އޮކްޓޫބަރު 15 ގައި ވަނީ ފަށާފައެވެ.

                 މި ކުންފުނީގެ ހިއްސާދާރުންނަކީ، މ. ތިލަފިހިގޭ އަލްފާޟިލް އަޙްމަދު ނާޝިދާއި، މ. ގޮފިކޮޅު އަލްފާޟިލް ޢަލީ މުފީދާއި، ގ. އާސަމް އަލްފާޟިލް ޢަދްނާނު ޢަލީއާއި، މ.ރަންފަސް އަލްފާޟިލް ޙަސަން ޒާހިރާއި، މ. ރެވިމޫ އަލްފާޟިލް އިބްރާހީމް ޙަސަނެވެ.