އަލްފާޟިލް އަމީން އިބްރާހިމް
ހ. ހާލި

               އަމީން އިބްރާހީމަކީ، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން މަތީ ކާމިޔާބީތައް ހޯއްދަވާފައިވާ، ފަށުއިކަމާއެކު ރީތިކޮށް ވާހަކަދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ގިނަ ބަހުސްތަކެއްގައި ބައިވެރިވެވަޑައިގެން، މުއްސަނދި ޚިޔާލުތަކެއް ހުށަހަޅުއްވާފައިވެއެވެ.  ވާހަކަދެއްކުންތެރިކަމުގެ މައިދާނުގައި އަމީންގެ ޚިދުމަތް ބޮޑަށް ފާހަގަކޮށްލެވެނީ، މި ފަންނު ދިރުވައި އާލާކުރެއްވުމަށާއި، ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުންނެވެ. 1992 ވަނައަހަރުން ފެށިގެން، ވާހަކަދެއްކުންތެރިން ތަމްރީނު ކުރެއްވުމަށް ކްލާސްތައް ހިންގަވަމުން ގެންދަވައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ކްލާސްތަކުން ވަރަށްގިނަ ކުދިންނަށާއި މީހުންނަށް ތަމްރީނު ދެއްވާފައިވެއެވެ. އަމީނު ތަމްރީނު ދެއްވާފައިވާ ދަރިވަރުން، މާލެއާއި އަތޮޅުތަކުގައި އިސްވެ ޙަރަކާތްތެރިވަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. އަމީނުގެ ޚިދުމަތް އެންމެބޮޑަށް ލިބެމުންދާ އެއްތަނަކީ މާލޭ އިންގްލިޝް ސްކޫލެވެ.

               ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުން އަމީން އިބްރާހީމް ވަނީ ވަރަށް ފަޚުރުވެރި ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައެވެ. އެކި އަހަރުމަތިން 1ވަނަ 2 ވަނަ 3 ވަނަ ހޯއްދަވާފައިވެއެވެ.