އަލްޙާފިޡް ލައިލް ޙުސައިން ޙަމީދު
އަލިވާގެ ދ. ކުޑަހުވަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވީ މަންމައާއި ބައްޕަ އެކަމަށް ވަރަށް ބޮޑަށް ބާރުއެޅުއްވުމުންނެވެ. އުމުރުން 5 އަހަރުގައި، އިޔާރު ޤުރްއާން ކްލާހުގެ ޙިފްޡު ކްލާހުގައި ބައިވެރިވެގެން ކިޔަވަމުން ގެންދިޔައިރު، އުސްތާޛުވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. އަދި ޤުރްއާން ދަސްކޮށް ކިޔައިދޭއިރު، އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއްނެތި ލައިލްގެ މާމަ ޤުރްއާން އަޑުއެއްސެވުމުގައި ވަގުތު ހޭދަކުރެއްވިކަން އެއީ، ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުވެ، އެކަމަށް ލިބުނު ވަރަށްބޮޑު ހިތްވަރަކަށްވިއެވެ. ޢުމުރުން 7 އަހަރުގައި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާހުގައި ބައިވެރިވެގެން ޤުރްއާން ހިތުދަސްކޮށް ނިންމިއިރު، ލައިލްގެ ޢުމުރަކީ 12 އަހަރެވެ.