އަލްޙާފިޡް އާހިލް މުޙައްމަދު ޒާހިރު
މަލާޒް ގދ. ތިނަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވީ ޢުމުރުން 9 އަހަރުގައެވެ. ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ، ފަތިސްނަމާދަށްފަހުގައްޔާއި، ލިބޭ ހުސްވަގުތުތަކުގައެވެ. ގދ.ތިނަދޫ ކައުންސިލުން ހިންގަވާ ޙިފްޡު ކްލާހުގައި ބައިވެރިވެ، ފަތިހުގެ ވަގުތުގައި ކިޔެވުމުގެ އިތުރުން، ސްކޫލްގައި ހޭދަވާ ވަގުތު ފިޔަވައި، ލިބޭ ހުސްވަގުތުގައި ގދ. ތިނަދޫ އިޤްރައުލްޤުރްއާން ކްލާހުގައި، އެ ކްލާހުގެ މަސްއޫލުވެރިޔާ ޢާރިފާ މޫސާގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، ދުވާލަކު މަދުވެގެން އެއް ޞަފްޙާގެ މަގުން ހިތުދަސްކުރުމާއި، މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. ޤުރްއާން ހިތުދަސްކޮށް ނިމުނީ ޢުމުރުން 13 އަހަރުގައެވެ. ކޮންމެ ދުވަހަކު މަދުވެގެން ދެފޮތް މުރާޖަޢާ ކުރަމުންގޮސް، އެއް އަހަރު ދުވަހުގެ ތެރޭގައި މުރާޖަޢާކޮށް ނިންމައި، އިމްތިޙާނު ކޮމިޓީއަށް ކިޔައިދޭން ފެށީ، 2020 ޑިސެންބަރު 14 ގައެވެ. އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ ނިންމީ 18 ޖަނަވަރީ 2021 ގައެވެ.