އަލްޙާފިޡް މުޙައްމަދު ނާހިލް އަޒްމީލް
ހުޅުމާލެ ފްލެޓް ނަންބަރު: އޭ-4-5ސީ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ އިންޓަރ ސްކޫލް ޤުރްއާން މުބާރާތްތަކުގައި ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވާން ފެށުމުންނާއި، އުމުރުފުރައިގެ މުޤައްރަރުގައިވާ މިންވަރަށް އަވަހަށް ދަސްވަމުން ދިޔުމުންނެވެ. ނާހިލަށް ޤުރްއާން ހިތުދަސްކުރެވިދާނެ ކަމަށް މަންމައާއި ބައްޕައަށް ގަބޫލުކުރެއްވިގެން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާހުގައި ބައިވެރިކުރެއްވުމުން، ޤުރްއާން ހިތުދަސްކުރަން ފެށީއެވެ. ޤުރްއާން ހިތުދަސްކުރަނީ، ކޮންމެ ދުވަހެއްގެ ފަތިސްނަމާދުގެ ފަހުންނާއި، މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދުގައެވެ. އުމުރުން 11 އަހަރުގައި ހިތުދަސްކުރަން ފަށައިގެން، ހިތުދަސްކޮށް ނިންމީ 16 އަހަރުގައެވެ. އަދި 11 ޖުލައި 2019 ގައި މުރާޖަޢާ ކުރަން ފަށައިގެން ގޮސް ނިންމީ 4 ޑިސެންބަރު 2020 ގައެވެ.