ޑޮކްޓަރ މުޙައްމަދު ޒާހިރު
ގ. މާލެހިޔާ 1 03-18

މި އިނާމު މި އެރުވެނީ، ތައިލެންޑުގެ ބެންކޮކްގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގައި 2019 ވަނަ އަހަރު ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން ދާއިރާއިން، ޕޮލިސީ ސްޓަޑީޒަށް ޚާއްޞަވެ، ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާ، ބައިނަލްއަޤްވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރުގެ ޕީ.އެޗް.ޑީ. ތީސީސްގައި ދިރާސާ ކުރައްވައިފައިވަނީ، ދައުލަތުގެ ޚަރަދުތައް ކަނޑައެޅުމުގައި ނުފޫޒުފޯރުވާ ކަންކަމާއި، ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހަމަހަމަކަމާއެކު ޚަރަދު ކުރުމާ ގުޅޭގޮތުންނެވެ. ދިވެހިރާއްޖެއަކީ ލާމަރުކަޒީ އުސޫލަކުން ދައުލަތް ހިންގުމަށް އިސްކަންދޭ ޤައުމެއްކަމުން، އިޤްތިޞާދީ، ސިޔާސީ އަދި އިޖުތިމާޢީ ގޮތުން ދައުލަތުގެ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަލިއަޅުވައިލައި ޤައުމީ އަދި ރަށު ފެންވަރުގައި ތަޙުލީލު ކުރުމަށް ދެ މޮޑެލްއެއް މި ދިރާސާގައި ހުށަހަޅައި ޓެސްޓް ކުރެވިފައެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރުގެ ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި 2 ޖަރނަލް އާޓިކަލެއް ވަނީ ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރު މިހާރު ހުންނެވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ.