އަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް
މއ. ރިހިރާޅު

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން އެންމެ ތިން އަހަރުގައެވެ. ޤުރްއާން ހިތުދަސްކުރަން ފެށުނީ މަންމައާއެކު ހަވީރުގެ ވަގުތުގައި ގޭގައެވެ. އަދި ކިޔެވުން ރަނގަޅަށް ކުރިއަށް ގެންދެވެން ފެށުމުން، ގޭގެ ކައިރީގައި ހުރި މިސްކިތުގެ ޚަލަޤާއެއްގައި ބައިވެރިވެ ހިތުދަސްކުރުން ކުރިއަށް ގެންދިޔައީއެވެ. ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިމުނީ އުމުރުން އެންމެ 8 އަހަރުގައެވެ. އެއަށްފަހު، މުރާޖަޢާ ކުރަމުން ގެންދިޔައީ، ކޮންމެ ދުވަހަކުވެސް ފަތިސްނަމާދުގެ ކުރިންނާއި، ފަތިސްނަމާދުގެ ފަހުންނެވެ. މުރާޖަޢާ ކުރުމަށް ދޮޅުއަހަރު ހޭދަވިއެވެ. ޤުރްއާން ހިތުދަސްކުރުމުގައި އެންމެބޮޑު އެހީތެރިކަމެއް ލިބުނީ، މާތްﷲގެ ވާގިފުޅާއެކު، މަންމައާއި ބައްޕައާއި ދޮންބެގެ އިތުރުން، ސްކޫލްގެ މުދައްރިސުންގެ ފަރާތުންނެވެ. އަދި ކާފަމެންނާއި މާމަމެންނާއި ބޮޑުދައިތަމެން ދެމުންގެންދިޔަ ހިތްވަރުންނެވެ.