ޢަލީ ތަޙްނީކު އަޙްމަދު
ހ. ހިރެވެރި

ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އިންޝުއަރެންސް އެނަލިސްޓެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވާ ޢަލީ ތަޙްނީކު އަޙްމަދަކީ، ސްރީލަންކާގެ އިންޝުއަރެންސް އިންސްޓިޓިއުޓުން ޗާރޓަޑް އިންޝުއަރެންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޙްނީކަކީ މިވަގުތު ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެކެވެ. ތަޙްނީކު ސްކައުޓް ހަރަކާތާ ގުޅިވަޑައިގަތީ 2016 ވަނަ އަހަރު ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ގްރޫޕްގައި، ރޯވަރ ސްކައުޓެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރު ތަޙްނީކު ވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ލީޑަރ ޓްރޭނިންގ ކޯސް ފުރިހަމަކުރައްވާފައެވެ. އަދި ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި އޭނާ ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ.

ތަޙްނީކު މިހާރު މަސައްކަތް ކުރައްވަނީ މެސެންޖަރސް އޮފް ޕީސްގެ ލޯކަލް ކޯޑިނޭޓަރސް ޓީމުގެ މެންބަރެއްގެ ގޮތުގައެވެ.