އާމިނަތު އައިނާ ޢަލީ
ދަފްތަރު ނަންބަރު ދރ 2406

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 ގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ އާމިނަތު އައިނާ ޢަލީއަކީ ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ [ޕްރެޒިޑެންޓްސް ސްކައުޓް ބެޖް] ހާސިލުކުރައްވާ ދެ ސްކައުޓުންގެ ތެރެއިން ސްކައުޓެކެވެ.

2013 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅިވަޑައިގަތުމަށްފަހު، 29 ފަންނީ ބެޖް ހާސިލުކުރައްވައި، [ޖޫނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ސްކައުޓް ކޯޑް]ގެ އިތުރުން، [ސީނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ބުޝްމަންސް ތޯންގް] ވަނީ ހޯއްދަވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވުނު އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރެއްވުމަށްޓަކައި އައިނާ ވަނީ ތަފާތު ގިނަ އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އައިނާއަކީ ޢަރަބިއްޔާ ސްކޫލްގެ 2017 ވަނަ އަހަރުގެ ބެސްޓް އޯވަރއޯލް ސްކައުޓެވެ. އަދި ޢަރަބިއްޔާގެ ސީނިއަރ ޕްރިފެކްޓް އަދި ވައިލެޓް ހައުސްގެ ކެޕްޓަންގެ އިތުރުން، އެ ސްކޫލްގެ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުވެސްމެއެވެ.