އަލްޙާފިޡާ އުރްޖުވާން މުޙައްމަދު
މ. މެޑެލްމާގެ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން އެންމެ 7 އަހަރުގައެވެ. އެއީ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ނުބަލައި ކިޔެވުމުގެ ބައިން ވަނަތައް ލިބެން ފެށުމުންނެވެ. އެންމެ ފުރަތަމަ ދަސްކުރެއްވީ 30 ވަނަ ފޮތާއި، ފުރަތަމަ ދެ ފޮތެވެ. ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، 2014 ވަނަ އަހަރުއެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމަވައިލެއްވުނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭރު އުރްޖުވާންގެ އުމުރަކީ 11 އަހަރެވެ. އެއަށްފަހު ގެންދެވީ މުރާޖަޢާ ކުރުމުގެ ބައެވެ. އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ މި އަހަރުގެ ޖޫންމަހުއެވެ.