އަލްޙާފިޡް އަޙްމަދު ނާޒިލް މުޙައްމަދު
ހުވަނދުމާގެ ޅ. ނައިފަރު

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، ސަޢޫދީ ޢަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުއެވެ. އެ ޔުނިވަރސިޓީއަށް ވެދެވަޑައިގަތީ 2011 ވަނަ އަހަރުއެވެ. ނާޒިލް ބޮޑަށް ބޭނުންފުޅުވީ، މަދީނާގެ ފެކަލްޓީ އޮފް ޤުރްއާނުން ތަޢުލީމު ހާސިލު ކުރެއްވުމަށެވެ. ޢަރަބިބަސް އުނގެނުމަށް ލިބިވަޑައިގެންނެވި ދެ އަހަރުގެ ތެރޭގައި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވުމަށްފަހު، މަސްޖިދުއްނަބަވީގެ މުރާޖަޢާ ޚަލަޤާގައި ބައިވެރިވެވަޑައިގެން، ޤުރްއާން މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. ޤުރްއާން އެކީގައި ދަސްކުރެއްވުމަށް ގާތްގަނޑަކަށް ފަސް އަހަރު ހޭދަކުރެއްވިއެވެ.