އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމް
ކިނާރާ ނ. ލަންދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ސްކޫލްގައި އުޅުއްވި ދުވަސްވަރުއެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ފެށްޓެވި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޤުރްއާން ހިތުދަސް ކުރައްވަން ފެށްޓެވީ، އުމުރުން 11 އަހަރުގައި 2013 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އޭރު ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 2016 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ޤުރްއާން އެއްކޮށް މުރާޖަޢާ ކުރައްވައި ނިންމެވީ 2018 ވަނަ އަހަރުއެވެ. އަދި އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ މި އަހަރުގެ މާރިޗު މަހުއެވެ.