އަލްފާޟިލް ސަޢީދު ޢަލިފުޅު
ގުލްޒާރުގެ/ބ.ދަރަވަންދޫ

          އަލްފާޟިލް ސަޢީދު ޢަލިފުޅަކީ، ވަރަށް މޮޅު ޝާޢިރެކެވެ. އޭނާއަކީ، ޅެންވެރިކަމުގެ ރޮނގުން ވަރަށް ގިނަ ޅެންތަކެއް ހައްދަވާފައިވާ ބޭފުޅެއްވެސް މެއެވެ. ތަފާތު ރޮނގު ރޮނގުންނެވެ. އަދަބީ ރޮނގުން، އަޚްލާޤީ ރޮނގުން، ޢިޝްޤީ ރޮނގުން، މަންޒަރު ސިފަކުރެއްވުމުގެ ރޮނގުންނެވެ.           އާދެ، ސަޢީދު ޢަލިފުޅަކީ ތަފާތު ގޮތްގޮތުން އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޅެން ހައްދަވައި، ޅެންވެރިކަމުގެ ރޮނގު ކުރިއަށްގެންދަވާފައިވާ ބޭފުޅެކެވެ. މާލޭގައި ބޭއްވުނު ބައެއް މުބާރާތުން ބައެއް ވަނަވެސް ހޯއްދަވާފައިވެއެވެ. އަދި އޭނާއަކީ، ވަރަށް އަވަހަށްވެސް ޅެންހައްދަވާ ބޭފުޅެކެވެ. ކުއްލި މައުޟޫޢަށް ޅެންހެދުމަކީ، ކޮންމެކޮންމެ މީހަކަށް މާފަސޭހަ ކަމަކަށް ނުވެއެވެ. ހަމަހިމޭންކަމާއެކު ވިސްނައި ޚިޔާލުކުރާނެ ފުރުޞަތެއް ގިނަ މީހުން ބޭނުންވެއެވެ. ނަމަވެސް އަލްފާޟިލް ސަޢީދު ޢަލިފުޅަކީ، ހަމަ ކުއްލިއަކަށްވެސް، ފަސޭހަކަމާއެކު ޅެންހައްދަވާ ބޭފުޅެކެވެ.