އަލްފާޟިލް އަޙްމަދު ޝާހިދު
މ.ހާވިލާ

ތަމްސީލުގެ ދުނިޔޭގައި އެއީ ކުޑަކުޑަ ތުއްތު ތުއްތު ކުއްޖެކެވެ. މިދެންނެވި ފަންނުގައި އޭނާ ތުއްތު ވާހަކައެއް ނޫނެވެ. ނަމަވެސް އަދާކުރައްވާ ބައިގެގޮތުން ކިތަންމެ ކުޑަކުޑަ ކުއްޖެއްގެ ބައިވެސް އަޙްމަދު ޝާހިދު ވަރަށް މޮޅަށް ކުޅުއްވައެވެ.

އަޙްމަދު ޝާހިދު އެންމެ ފުރަތަމަ ތަމްސީލެއްގައި ބައިވެރިވެލެއްވީ، ފެންފިޔާޒުގޭގައި އޮތް ކުޑަކުދީންގެ ކްލާހެއްގައި އުޅުއްވަމުން އެކްލާހުގެ ފަރާތުން ތައްޔާރުކުރި ކުދިކުދި ތަމްސީލު ތަކެއްގައެވެ. މިހާރު އޭނާ ތަފާތު ތަމްސީލު ކުޅުއްވައިފިއެވެ. މިތަމްސީލުގެ ވަރަށް ފޫހިފިލާ ޙަރަކާތްތައް ބައެއް ސްޓޭޖް ޝޯތަކުން ގިނަ ބޭފުޅުންވާނީ، ދެކެވަޑައިގެންފައެވެ.

މިހާތަނަށް ތަމްސީލެއްގައި އޭނާއަށް އެންމެ ރަނގަޅަށް ބައެއް އަދާކުރެއްވުނީ، ސީޑީސީގެ ތަމްސީލުތަކެއްގެ ތެރޭގައި ހިމެނުނު "ކުއްލި ދިއްލުމެއްގައި ސާހިބުގެ ބުމަރު" މިވާހަކައިގައެވެ. ތަމްސީލުކުޅުއްވުމުގައި މިހާތަނަށް އެންމެ ދަތި އުނދަގޫ ކަންތައްތަކަކާ ދިމާވި އެއް މަންޒަރަކީ، ދާދިފަހުން ކުޅެންޖެހުނު ތަމްސީލެއްގައި ކުޅެން ޖެހުނު ކުޑަކުއްޖެއްގެ ބަޔާ ގުޅިގެންނެވެ. އެބައިގައި އޭނާ ބުއްފުޅިއެއް ބައްލަވަން ޖެހުމުން ދިމާވި ދަތިތައް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެއްވިއެވެ.