އަލްފާޟިލް ހާޖަރާ އިބްރާހީމްދީދީ
މ.ކަނޑުއޮޅި

އޭނާގެ ބައްޕައަކީ، ބޭސްވެރިއެކެވެ. ފަންޑިތަވެރިއެކެވެ. ނަމަވެސް، އަލްފާޟިލް ހާޖަރާ އިބްރާހީމްދީދީއަކީ، މުރާލި މަސައްކަތްތެރިއެކެވެ. ޚާއްޞަކޮށް، ދަގަނޑުގެ މަސައްކަތަށެވެ. އޭނާ މިމަސައްކަތްކުރައްވަން ފެށްޓެވީ، ބަނޑޭރިގޭތެރޭގައި ކަނބުރުގެ ހުރިއިރުކަމަށް ވިދާޅުވިއެވެ. ދަގަނޑުގެ މަސައްކަތާއި ތަފާތު އެހެނިހެން މަސައްކަތްކުރައްވައިގެން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ޢަދަދަކަށް ފައިސާ ލިބިވަޑައިގަންނަވާ ކަމަށާއި، ވަރަށް ރަނގަޅު އާމްދަނީއެއް ލިބިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އެންމެ ގިނައިން ލިބިވަޑައިގަންނަވަނީ، އިންޖީނު ދޯނިފަހަރާއި، ޔޮޓް ދޯނިފަހަރާއި އަދި މިނޫންވެސް މެރިން އިންޖީނުގެ މަރާމާތާބެހޭ މަސައްކަތެވެ. އޭނާގެ މިމަސައްކަތާ ގުޅިގެން ވަރަށް ޚާއްޞަ އިނާމެއް އޭނާއަށް ލިބިވަޑައިގެންފައިވާކަމަށް އޭނާ ފާހަގަކުރައްވައެވެ. އެއީ، އިނގިރޭސި ރާނީ މާލެ ވަޑައިގަތުމާ ގުޅިގެން މާލޭގައި ކުރަންޖެހުނު ގިނަ މަސައްކަތްތައް ފަރުވާތެރިކަމާއެކު ރަނގަޅަށްކުރި މީހުންގެ ތެރޭގައި ހިމެނިވަޑައިގަތުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވި އިނާމެއްކަމަށާއި، އެ އިނާމަކީ، އިނގިރޭސި ރާނީގެ ދެކަނބަލުންގެ ވަރަށް ރީތި ފޮޓޯފުޅެއް ކަމަށްވެސް އިބްރާހީމްދީދީ ވިދާޅުވިއެވެ.