އަލްފާޟިލާ ޢަޒީޒާ ޢަލީ
ހަކީމީއާގެ/ ރ.މީދޫ

އަލްފާޟިލާ ޢަޒީޒާ ޢަލީއަކީ، ޚާއްޞަކޮށް މާޅޮސްމަޑުލުން، ޢާއްމުކޮށް އުތުރުގެ ވަރަށްގިނަ އަތޮޅުތަކަށް އޭނާގެ ނަން މަޝްހޫރުވެފައިވާ ދިވެހިބޭސްވެރިއަކު ކަމުގައިވާ މާޅޮސްމަޑުލު އުތުރުބުރީ މީދޫ އަލްމަރްޙޫމާ ފާތުމާފުޅުގެ ދަރިއެކެވެ.

މީނާއަކީ، މާޅޮސްމަޑުލު އުތުރުބުރީގައި ތިއްބެވި ދިވެހިބޭސްވެރިންގެ ތެރެއިން ނަން ހިނގާފައިވާ ބޭކަނބަލެކެވެ. މީނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ، ފޫޅުމާކަމުގެ ރޮނގުންނެވެ. ޢާއްމުގޮތެއްގައި އޭނާ ކުރައްވަމުން ގެންދަވަނީ، ދިވެހިބޭހެވެ. އޭނާ އެންމެ ގިނައިން ބޭސްކުރައްވަނީ، ރާއްޖެބައްޔަށެވެ. މީނާގެ ބޭހުގެ ސަބަބުން ވަރަށްގިނަ ބަޔަކު ﷲގެ އިރާދަފުޅާއެކު އެބަލިން ފަސޭހަކޮށްދެއްވާފައިވެއެވެ.