އަލްފާޟިލާ ފާޠިމަތު ސުރައްޔާ
އަސުރުމާގެ/ ގދ.ގައްދޫ

 

          އަތްތެރި މަސައްކަތުގެ ބާވަތްތަކުގެ ތެރެއިން ކުނާ ވިޔުމަކީ، ފާޠިމަތު ސުރައްޔާގެ ވަރަށް ޚާއްޞަ މަސައްކަތެކެވެ. އެހެންކަމުން މިމަސައްކަތް ކުރިއަރުވައި ގިނަބަޔަކަށް ދަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ހުރިހާ ވައްތަރެއްގެ ކުނާވެސް ވިޔަން ދެނެލައްވައެވެ. މުސްކުޅިވެ ލޯބޯކޮށިވެފައި ވީނަމަވެސް، މިހާރުވެސް އެމަސައްކަތް ކުރައްވައެވެ. އަދި އެމަސައްކަތް މީހުންނަށް ދަސްކޮށްދެއްވައި، ގައްދޫގައި މިހާރު ވިޔާ ކުނާތަކުގެ ނަމޫނާއަކީ، ފާޠިމަތު ސުރައްޔާގެ އަތުންލިބޭ ނަމޫނާއެވެ. ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރު މީނާ ކޮޅުނބަށް ގެންދަވައި، ކުނާ ވިޔުމުގެ ކަންތައް މީނާ ލައްވައި ކުރައްވާފައިވެއެވެ. މިމަސައްކަތް ކުރައްވަން ފެށްޓެވީ، ޢުމުރުން 15 އަހަރުން ފެށިގެންނެވެ.