އަލްފާޟިލް އިސްމާޢީލް މުޙައްމަދު
މ.ދޫނިދޫ

 

           މަސްވެރިކަމުގެ މަސައްކަތުގައި އެކަން ކުރިއަށްގެންދިއުމަށް ޚިދުމަތްކުރެވޭނީ، ހަމައެކަނި މަސްވެރީންނަކަށް ނޫނެވެ. ނުވަތަ މަހަށްގޮސްގެނެއްވެސް ނޫނެވެ. އެނޫން ގޮތްގޮތުންވެސް ޚިދުމަތްކުރެވިދާނެއެވެ. އަލްފާޟިލް އިސްމާޢީލް މުޙައްމަދު ވަނީ، މިކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވާފައެވެ.

 

           އޭނާ މަސްވެރިކަން ކުރިއެރުވުމުގެގޮތުން ރާއްޖޭގައި ލޮނުމަސް އެޅުމުގެ މަސައްކަތް ތަރައްޤީކުރެއްވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރައްވާފައިވެއެވެ. ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި މިމަސައްކަތްކުރާ މީހުންނަށް އެމަސައްކަތަށް ބޭނުންވާ ތާނގީ ހަދާނީ، ސިމެންތިއާއި، ފައިސާއާއި، ލޮނުމަސް އަޅާނޭ ލޮނުފަދަ ތަކެތި ދެއްވާފައިވެއެވެ. އަދި މީގެއިތުރުން ހައްދުންމަތީގައާއި އަރިއަތޮޅުގައި އޭނާގެ އަމިއްލަ މަސައްކަތު މީހުން ބައިތިއްބަވައިގެން އެރަށްރަށުން މަސްގަނެ ލޮނުމަސް އަޅައި، މަސް ކައްކައި، ހިއްކާވެސް ހައްދަވައެވެ.