އަލްފާޟިލް އިސްމާޢީލް ޝަމީމް
މިނިވަންއައްސޭރި/ ތ.ވިލުފުށި

 

           އަލްފާޟިލް އިސްމާޢީލް ޝަމީމަކީ، މަދްރަސަތުލް މަޖީދިއްޔާއިން ތަޢުލީމް ޙާޞިލުކުރައްވައިގެން 1378ވަނަ އަހަރު އޭނާގެ އަމިއްލަ ރަށަށް، ތ.ވިލުފުށްޓަށް ވަޑައިގެން ރަށުގެ ވަރަށްގިނަ ބައެއްގެ އެދުމުގެ މަތީން ވިލުފުށީ ރައްޔިތުންގެ ނަމުގައި ހިންގާ މަކްތަބުލް ޖިހާދުގައި، ރަށުގެ ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވި ބޭފުޅެކެވެ. މި މަކުތަބުގެ ކިޔެވުން ވަރަށް ރަނގަޅަށް ހިނގަމުންދަނިކޮށް އޭރު ރަށުގެ ރައްޔިތުންގެ ޢިމާރާތަކަށް އައި ބަދަލަކާގުޅިގެން މަކުތަބުގެ ޢިމާރާތެއް ނެތުމުގެ ސަބަބުން އޭރު ކިޔަވަމުން ގެންދިޔަ 3124 ކުދިންނަށް އަމިއްލަ ގޭގައި ހަމަހިލޭ ކިޔަވައިދެއްވަން ފެށްޓެވިއެވެ. ކުދިންގެ ޢަދަދު ގިނަވަމުންގޮސް ގޭގައި ތަން ނެތުމާއި ގޮނޑި، މޭޒު، ޑެސްކް ފަދަ ތަކެތި ލިބޭނެ ފައިސާގެ ތަނަވަސްކަން ނެތުމުން އަނެއްކާވެސް ރައްޔިތުންގެ ޢިމާރާތެއް ހޯދައި، މަދްރަސަތުލް ޖިހާދުގެ ނަމުގައި މަދަރުސާއެއް އުފައްދަވައި ކިޔަވައިދެއްވަން ފެށްޓެވިއެވެ.