އަލްފާޟިލާ ނަޖުމާ ޙުސައިން
މއ.ހައިވަކަރުގެ

އަލްފާޟިލާ ނަޖުމާ ޙުސައިން ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، އެނައުންސަރުކަމުން ގޮސް ޕްރޮޑިއުސަރކަމަށް އަދި، ޕްރެޒެންޓަރ ޕްރޮޑިއުސަރެއްގެ މަޤާމަށް ތަރައްޤީކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އަޑު ކޮންމެ ދުވަހަކުހެން މުޅި ރާއްޖެއަށް ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އިވެމުންދާ ބޭފުޅެކެވެ. އޭނާގެ މިމަސައްކަތް ތަރައްޤީ ކުރެއްވުމަށްޓަކައި، މިޚިދުމަތް ރަނގަޅަށް ދެއްވޭތޯ ބެއްލެވުމަށްޓަކައި، ސަރުކާރުން އޭނާއަށް ދެއްވި ފުރުޞަތުތަކުގައި، އޮސްޓްރޭލިޔާ، ބްރޫނާއި، ސްރީލަންކާ މިތަންތަނަށް ވަޑައިގެން އެކިއެކި ކޯސްތަކުގައި ތަޖުރިބާ ހޯއްދަވާފައިވެއެވެ. ހޮޓެލް ސްކޫލް ތަޢާރުފުކުރެއްވުމުގެ ގޮތުން އޭނާ ތައްޔާރުކުރެއްވި ވަރަށް ދިގު ޕްރޮގްރާމަކަށް ޓޫރިޒަމާބެހޭ ސަރުކާރުގެ ވަރަށް އިސްވެރިޔަކު ތަޢުރީފުކުރައްވާފައިވާތީ، އެޚިދުމަތް އަދި އެއަށްވުރެވެސް ރަނގަޅަށް ކުރެއްވޭތޯ އޭނާ މަސައްކަތްކުރެއްވިއެވެ. އަލްފާޟިލާ ނަޖްމާ ޙުސައިންގެ ގިނަ ޕްރޮގްރާމްތަކެއް އަޑު މެދުވެރިކޮށް އަޅުގަނޑުމެންނަށް އިވެމުންދެއެވެ. މިއިން ކޮންމެ ޕްރޮގްރާމަކުންވެސް ނަޖްމާގެ އަޑު މީހުން އަހަނީ، ފިސާރި ގަޔާވެގެން އަހާހިތުންނެވެ.