އަލްފާޟިލް އިލްޔާސް އިބްރާހީމް
މ.އެންދެރިމާގެ

އަލްފާޟިލް އިލްޔާސް އިބްރާހީމަކީ، ރުއްގަސް އިންދެވުމަށާއި، ދަނޑުވެރިކަމުގެ މަސައްކަތްކުރެއްވުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ. މިމަސައްކަތް ފުޅާ ދާއިރާއެއްގައި ޢަމަލީގޮތުން ކުރައްވަން ޤަޞްދުކުރެއްވީ މީގެދުވަސްތަކެއް ކުރިން، އޭނާ މިނިސްޓްރީ އޮފް އެގްރިކަލްޗަރުން ފަޅުރަށެއް ލިޔުއްވައިދެއްވުމާ ގުޅިގެންނެވެ. މިހާރު އެރަށުގެ ވަރަށް ބޮޑު ބައެއްގައި ވަރަށް ގިނަ ޢަދަދަކަށް ވަނީ، ރުއްގަސް އިންދަވާފައެވެ. ދިވެހިން އާދަކޮށް ހައްދައިއުޅޭ ކަހަލަ މިރުސް، ބަރަބޯ، ކަރާ، ފަޅޯ ފަދަ ތަކެތީގެ އިތުރަށް ރާއްޖެއިން ލިބެންނުހުންނަ ވައްތަރުގެ ބަށި، ރިހަމިރުސް ފަދަ ތަރުކާރީގެ ބާވަތްތައް ބޭރުމީހުން ގެންނަވައިގެން ވަރަށް ގިނަ ޢަދަދަކަށް އެރަށުގައި ހައްދަވައި، މާލޭގެ ބާޒާރަށް ގިނަ ޢަދަދަކަށް ގެންނަވައި، ހެޔޮ އަގުގައި ޢާންމުންނަށް ލިބޭނެގޮތް ހައްދަވާފައިވެއެވެ. އެރަށުގައި ޕެޝަންފުރުޓް، އަންނާރު، ސަބުދެލި، ފެންފޯއް ވަރަށް ގިނަ ޢަދަދަކަށް އިންދަވާފައިވެއެވެ.