އަލްފާޟިލް ޙަސަން ޤާސިމް
ކުއްޅަވައްއާގެ/ނ.ތޮޅެންދޫ

ދިވެހި ބޭސްވެރިކަމުގެ ރޮނގުގައި އެންމެ މަޝްހޫރު އެއް ބޭފުޅެއްގެގޮތުގައި ފެނިގެންދިޔައީ، ނ.އަތޮޅު ތޮޅެންދޫ ޙަސަން ޤާސިމެވެ. ޙަސަން ޤާސިމުގެ ބޭހުގެ ޚިދުމަތް މިއަދު ވަނީ މުޅި ރާއްޖެއަށް، ޚާއްޞަކޮށް މާލޭން އުތުރަށް ވަރަށް ބޮޑަށް ފެތުރިފައެވެ. ހުރިހާ ވައްތަރެއްގެ ބޭސްވެސް އޭނާ ކުރައްވައެވެ. އާދެ، އޭނާ ރާއްޖެތެރޭގެ ވަރަށް ގިނަ ބަޔަކަށް އަދި މާލޭގެވެސް ބައެއް ބޭފުޅުންނަށް، އޭނާގެ ދިވެހި ބޭހުގެ ޚިދުމަތް ލިބެމުންދެއެވެ. އެޚިދުމަތް ދެމުންދަނީ ވިޔަފާރިއެއްގެ ގޮތުގައެއް ނޫނެވެ. އެއާއެކީގައި، އޭނާ އެކަންތައްތައް އެހެންމީހުންނަށް ދަސްކޮށްދެއްވައެވެ. ރޭޑިއޯގެ ޒަރީޢާއިން ދިވެހި ބޭހާބެހޭ މަޢުލޫމާތު އޭނާ ދެއްވަމުން ގެންދަވައެވެ.