އަލްފާޟިލް މައްލާ ޅަތުއްތު
ހ.ސާވަން

އަލްފާޟިލް މައްލާ ޅަތުއްތަކީ އަބަދުވެސް، ކުޅިވަރުގެ ދަނޑުން ފެންނަ ބޭފުޅެކެވެ. ތަފާތު އެކިއެކި މުބާރާތްތަކުގައި، ތަފާތު ޓީމުތަކާއެކު މައްލާ ކުޅިވަރުކުޅުއްވަމުން ގެންދެވިއެވެ. އެއަށްފަހު އަޅުގަނޑުމެންނަށް އޭނާ ފެންނަންފެށީ، ފުޓްބޯޅައިގެ ރެފްރީއެއްގެ ގޮތުންނެވެ. ވަރަށް ހޫނު ގަދަ މެޗުތަކުގައި ރެފްރީކަން ކުރައްވާފައިވެއެވެ. ރެފްރީކަން ކުރައްވަމުންގޮސް ދިވެހިރާއްޖޭން އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ އެސޯސިއޭޝަނެއްގައި އާދެ "ފީފާ"ގެ ރެފްރީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅަކީވެސް މައްލާއެވެ. މިދެންނެވި ކަންތަކަށްވުރެ ބޮޑަށް ކުޅިވަރުގެ ރޮނގުން އޭނާގެ ޚިދުމަތް ފާހަގަކުރެވެއެވެ. ރާއްޖޭގައި ރެފްރީން އުފެއްދެވުމަށް ވަރަށް ޝައުޤުވެރިކަމާއެކީގައި، ވަރަށް ހިތްވަރާއެކީގައި އޭނާ މަސައްކަތްކުރައްވާފައިވެއެވެ. މިހާރު މައްލާ ވަނީ، ރެފްރީކަމުން މުޅިން އިސްތިޢުފާ ދެއްވާފައިކަމުގައިވިޔަސް އަދިވެސް އެރޮނގުން އޭނާގެ ޚިދުމަތް ދަނީ ލިބެމުންނެވެ.