އަލްފާޟިލް މުޙައްމަދު މަނިކު
ހީނާމާގެ/ގދ.މާތޮޑާ

ރާއްޖޭގެ މަސްވެރިން މަހަށް ގޮސް އުޅުމުގައި ޒަމާނުއްސުރެ ބޭނުންކޮށް އުޅެނީ ދިވެހިން އަމިއްލައަށް އެކަމަށް ޖަހާފައި ހުންނަ ބުޅިއެވެ. އެކަމަށް ހުންނަ މީހާ ރެޔާދުވާލު އެމަސައްކަތްކުރެއެވެ. ވުމާއެކު، މަހަށްދާ މީހުންނެކޭ އެއްވަރަށް ބުޅިޖަހާ މީހާއަށްވެސް ބައެއް އޮވެއެވެ. ގދ.މާތޮޑާ މުޙައްމަދު މަނިކަކީވެސް، ބުޅިޖައްސަވާ ބޭފުޅެކެވެ. އެހެންނަމަވެސް، މީނާގެ ޚިދުމަތް ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރަން ޖެހުނު ސަބަބަކީ، އޭނާ ޖަހާ ބުޅީގެ ފެންވަރު ރަނގަޅުކަމުންނެވެ. ތެދުތެދަށް ދަންނަވަނީނަމަ، ޖަޕާނު ބުޅިއާ އެއްފެންވަރަށް އޭނާ ބުޅިޖަހައެވެ. ޖަޕާނުން ގެނެސްގެން މާލޭގައި -/30 ރުފިޔާއަށް -/25 ރުފިޔާއަށް ވިއްކާ ބުޅި އޭނާ މާލޭގައި ތައްޔާރުކޮށްގެން އާދެ، ރާއްޖޭގައި ތައްޔާރުކޮށްގެން އެ -/10 ރުފިޔާއަށް -/12 ރުފިޔާއަށް އޭނާ ވިއްކަމުން ގެންދެއެވެ. އޭނާގެ އަތޮޅުގައި މިބުޅި ވަރަށްގިނައިން ރަށްރަށުގައި ބޭނުންކުރަމުންދެއެވެ. އަދި އެއަށްވުރެވެސް ޚާއްޞަކަމަކީ، އޭނާއަކީ، ކަންދިމާވިގޮތުން ނުކުޅެދޭމީހެއް ކަމުގައިވުމުންނެވެ. ނުހިނގޭ މީހެއްކަމުންނެވެ.