އަލްފާޟިލް އަޙްމަދު ޢާމިރު
ގ.ގްރީންހައުސް

ގ.ގްރީންހައުސް އަޙްމަދު ޢާމިރަކީ، ފުޓްބޯޅައިގެ ދަނޑުގައި ހަލުވިކަމާއެކު ވިދަމުންއަންނަ ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާދެ އެއީ، އެދުވަސްވަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާވެސްމެއެވެ. އެއީ ބަޔަށް އެންމެ ފައިދާހުރިގޮތަށް ކުޅުއްވައިގެން އެމަގާމު ޙާޞިލުކުރި ކުޅުންތެރިޔާކަމުގައި ވެދާނެއެވެ. އަދި އެއީ އެންމެ ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅުއްވާ ކުޅުންތެރިޔާވެސްމެއެވެ. ފުޓްބޯޅައިގެ ދަނޑުގައި ޢާމިރު ހޯދީ، ވަރަށްވެސް ފަޚުރުވެރި ކާމިޔާބީއެކެވެ. ދިވެހިން އެންމެގިނައިން ބަލައިއުޅޭ މިކުޅިވަރުގައި އޭނާ ހޯދި ކާމިޔާބީގެ ސަބަބުން ގިނަބަޔެއްގެ ރުހުމާއި ތާއީދުވެސް އޭނާއަށް ވަނީ ލިބިފައެވެ.