އަލްފާޟިލް ޢަބްދުލްޙަމީދު ޢަލިދީދީ
ލައިޓް/ޏ.ފުވައްމުލައް

އަލްފާޟިލް ޢަބްދުލްޙަމީދު ޢަލިދީދީއަކީ، ތަޢުލީމަށް ލޯބިކުރައްވާ، އަދި ދަރީންނަށް ތަޢުލީމު އުނގަންނައި ދެއްވުމުގައި ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. އޭނާ އަމިއްލަފުޅުގޮތުން އެރަށުގެ ކުދިބަޔަކަށް ކިޔަވައިދެއްވުމަށް ގާތްގަނޑަކަށް 18 ވަރަކަށް އަހަރު އެމަސައްކަތުގައި ދެމިހުންނަވައި، ސްކޫލެއްވެސް ހެއްދެވިއެވެ. އެސްކޫލްވަނީ ސަރުކާރުންވެސް ޤަބޫލުކުރައްވާ ފެންވަރެއްގެ ސްކޫލެއްކަމުގައެވެ. ސަރުކާރުން ވަރަށް ގިނަ އެހީތަކެއް ވެދެއްވައިގެން އެރަށުގެ ވަރަށް ގިނަ ކުދިންނަށް ކިޔަވައި ދެއްވަމުން ގެންދަވާފައިވެއެވެ. ޢަބްދުލްޙަމީދު ޢަލިދީދީގެ މި ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރައްވައި އޭނާއަށް އާންމު ޚިދުމަތުގެ އިނާމު ދެއްވިއެވެ.