އަލްފާޟިލާ ފާޠިމަތު ރައޫފް
ގ.ބުލްބުލާގެ

           އަލްފާޟިލާ ފާޠިމަތު ރައޫފަކީ، ދިވެހި ލަވައިގެ ދުނިޔެއަށް ވަރަށް ރީތި ލަވަތަކެއް ކިޔައި ދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، މިވޭތުވެދިޔަ އަހަރުގެ ތެރޭގައި އޭނާވަނީ، ވަރަށް އާދަޔާ ޚިލާފު ލަވަތަކެއް ކިޔުއްވައި ދެއްވާފައެވެ. އޭނާއަކީ، ޢުމުރުން 13 އަހަރުއްސުރެ ލަވަ ކިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޓީވީ މޯލްޑިވްސް އިންނާއި ދިވެހިރާއްޖޭގެ އަޑުން، އޭނާގެ ލަވަތައް އަބަދުވެސް އިވެމުންދާ ބޭފުޅެއްމެއެވެ. މިހާރުވެސް އޭނާ އުޅުއްވަނީ، މިނިސްޓްރީ އޮފް އިންފޮރމޭޝަން އެންޑް ކަލްޗަރގެ މިޔުޒިކް ގްރޫޕްގައެވެ.

           ފާޠިމަތު ރައޫފަކީވެސް، މަސްއޮޑި ޢާއިލާގެ މެމްބަރެކެވެ. މަސްއޮޑި ޢާއިލާއޭ ދެންނެވުމުން ރާއްޖޭގައި ދިވެހިލަވަޔާ އެ ޢާއިލާއާއޮތް ގުޅުން، ހަމަކޮންމެ ދިވެއްސަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.