އަލްފާޟިލާ ޢާއިޝަތު މުޙައްމަދު
ގުލްހަޒާރުގެ/ ލ.އިސްދޫ

           ގަސް އިންދުމާ ދަނޑުވެރިކަމުގެ މަސައްކަތް ހަމައެކަނި ކޮށްއުޅެނީ، ފިރިހެނުންނެއް ނޫނެވެ. އެކަން ސާބިތުކޮށްދެއްވާ އެއް ބޭކަނބަލަކީ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދެވެ. އެބޭކަނބަލަކީ، މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވާތާ ތިރީހަކަށް އަހަރު ވެފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ، ގާތްގަނޑަކަށް އެގާރަ ދަނޑު ކޮށްޓަވާފައެވެ. އޭގެ ތެރޭގައި، ފަންސަވީސްހާސް އަކަފޫޓުގެ ކުދިބަތް ދަނޑަކާއި، ވިހިހާސް އަކަފޫޓުގެ ކައްޓަލަ ދަނޑަކާއި، ސައްބީސްހާސް އަކަފޫޓުގެ ބިންބި 6 ދަނޑު ހިމެނެއެވެ. މީގެ އިތުރަށް އަލަ، ދަނޑިއަލުވި، މިރުސް، ބަރަބޯ، ފަދަ ތަކެތި ހެއްދެވުމަށްވެސް މީނާ ވަރަށްބޮޑަށް މަސައްކަތްކުރައްވާފައިވެއެވެ.

           ރާއްޖޭގައި ދަނޑުބިން ލިބެން ހުންނަ ރަށްރަށުގައި މިގޮތަށް ދަނޑުވެރިކަން ކުރާނެ ހިތްވަރުހުންނަ މީހުން އުފެދިއްޖެނަމަ ރާއްޖެއަށް ވަރަށްގިނަ ފައިދާ ލިބިގެންދާނޭކަން ކަށަވަރެވެ.