އަލްފާޟިލް މުޙައްމަދު ޙަބީބު
ގ.ބެންހާގެ

އަލްފާޟިލް މުޙައްމަދު ޙަބީބަކީ މަދްރަސީ ދައުރުގައިވެސް މިޔުޒިކްގެ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭރު ވަރަށް އާދައިގެގޮތެއްގައި ކުރައްވަމުން ގެންދެވި މިމަސައްކަތްފުޅު ފުޅާ ކުރައްވަމުންގެންދަވައި، މިޒަމާނުގެ މިޔުޒިކް ރާއްޖޭގައި ކުރިއަށް ގެންދެވުމަށް އަލްފާޟިލް މުޙައްމަދު ޙަބީބު ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. ރާއްޖެއަށް ނަން މަޝްހޫރު އެމޭޒަންޖޭޑް މާލޭގައާއި، ރިސޯޓްތަކުގައި އެންމެ މިޒަމާނުގެ ފެންވަރަށް ކުޅުނު މިޔުޒިކަކީވެސް އަލްފާޟިލް މުޙައްމަދު ޙަބީބް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއޭ ދެންނެވިދާނެއެވެ.