އަލްފާޟިލް ޢަލީ ލުޠުފީ
އެވަރގްރީން / ސ.ހިތަދޫ

           އަލްފާޟިލް ޢަލީ ލުޠުފީއަކީ، ތަޢުލީމަށް ލޯބިކުރައްވާ އަދި ރާއްޖޭގައި ތަޢުލީމު ފެތުރޭތޯ ހިތްމަތާއެކު މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާގެ ޢުމުރުފުޅުން 19 އަހަރުގައި އޭނާގެ އަމިއްލަ ގޭގައި ކުލާހެއް ހުޅުއްވައިގެން އިނގިރޭސިބަހާއި، ދިވެހިބަހާއި، ހިސާބުފަދަ މާއްދާތައް ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެމަސައްކަތް ކުރައްވަމުން ފުޅާކުރައްވަމުން ގެންދަވައި، ރާއްޖެތެރޭގައި ހުރި އެންމެ ރަނގަޅު ސްކޫލްކަމުގައި ބެލެވިގެންދިޔަ ސްކޫލްވެސް ހިމެނުނީ، އަލްފާޟިލް ޢަލީ ލުޠުފީ އަމިއްލަފުޅު ސްކޫލެއް ކަމުގައެވެ. އެސްކޫލް ހުޅުވުނުއިރު ތިބީ 84 ކުދީންނެވެ. ނަމަވެސް 1982ވަނަ އަހަރަށް އަޅައިގެންއިރު، ނޫރާނީ ސްކޫލްގައި 625 ކުދީން ތިއްބެވެ.

           މިސްކޫލްގެ ފެންވަރު ރަނގަޅުކަމަށް ފެނިވަޑައިގަންނަވައިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން މެދުވެރިވެވަޑައިގެން، ޔުނިސެފްގެ އެހީ ހޯއްދަވައިދެއްވާފައި ވެއެވެ. ސްކޫލްގައި އުޅޭ ފަޤީރު ކުދީންގެ ކިޔެވުމުގެ ކަންތައް ހަމަޖައްސަވައިދެއްވަނީވެސް މުޅިން ހިލެއެވެ.