އަލްފާޟިލް ޢަބްދުއްރައްޒާޤް މުޙައްމަދު
ދިލްޝާދުގެ / ޅ.ނައިފަރު

ތިރީގައި ދެންނެވިފައިވާ ދެތިން ބައިތަކަކީ، ޅެންވެރިކަމުގެ ގުލްޝަނުން ފާހަގަކޮށްލެވުނު އެއް ޝާޢިރެއްކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރައްޒާޤް މުޙައްމަދު ހައްދަވާފައިވާ ވަރަށްވެސް އަސަރުގަދަ މޮޅު ޅެމަކުން ހޮވައިލި ތިން ބައިތެކެވެ. އޭނާއަކީ، ބަހުގެ ހަމަތަކާ އުޞޫލަށް ތަބާވެވަޑައިގެން އެންމެ ރީތި ޢިބާރާތުން ޅެން ހެއްދެވުމުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އެފަހަރަކު ދިމާވި ކޮންމެ މައުޟޫޢަކަށް، ފަސޭހަކަމާއެކު ޅެން ހައްދަވައެވެ. އަލްފާޟިލް ޢަބްދުއްރައްޒާޤް މުޙައްމަދަކީ، ހަމައެކަނި ޅެންވެރިއެއް ނޫނެވެ. ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުންތެރިއެއްވެސް މެއެވެ.

"މިވަގުތަށް ހާދަފޮނި މަތިވެރި ގޮތެއްގައި އިންތިޒާރުކުރީ

ނިވައްތައިގެން ތިބުން މާޒީގެ ނިވަލަށް ޖަޛްބު ވޭވޭ ހުރީ

އިރަށް ދޮންކޮށްލި ހިނދު ފަޖުރުގެ ނިމުން ޟިޔާއު ފަރިކޮށްފައި،

މިރަށްތައް ރަސްމުކުރި ކުރެހުންމެ މުޅިދުނިޔޭން ޤަބޫލުކުރީ

އަނދިރިކަން އިހު އޮތްގޮތް ސިފަކުރަން ފަހެ ބޭނުމެއްވޭތޯ

އެ ދިރިއުޅުމުން ދަރީންނަށް ނުދިނުމަށް ހުރިހާ ބިނާ އެ ކުރީ"