އަލްފާޟިލް ބޮޑުގަލު އިބްރާހީމް މަނިކު
މއ.އުޑުވިލާގެ

           އަލްފާޟިލް އަލްމަރްޙޫމް ބޮޑުގަލު އިބްރާހީމް މަނިކަކީ، މަދަރުސާތަކުގެ ދަރިވަރުންނަށް ދިވެހިބަސް ކިޔަވައިދެއްވުމުގައި ގިނަ ޒަމާންތަކެއް ހޭދަކުރެއްވި ހިތްހެޔޮ އޯގާތެރި ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އޭނާ ދިވެހިބަސް ކިޔަވައިދެއްވުމުގައި ބަހުގެ އެންމެ މުހިއްމު އެއް ފަންނު ކަމުގައިވާ ޅެންވެރިކަމުގެ ތެރެއަށްވެސްވަނީ، ވަރަށް ރަނގަޅަށް ވަދެވަޑައިގެންފައެވެ. އޭނާގެ ޅެންތަކުގައި، އެއިރަކު މުޖުތަމަޢުގައި އެންމެ ސަމާލުކަންދޭ ކަންކަމާ ދޭތެރޭގައި ޅެން ހައްދަވައި އުޅުއްވިއެވެ. މިގޮތުން ހެއްދެވި ޅެންތަކުގެ ތެރޭގައި، މަދަޙައާއި ނަޞޭޙަތް އެކުލެވޭ ޅެމާއި، އެ ނޫންވެސް ތަފާތު ރޮނގުރޮނގުން ހައްދަވާފައިވާ ޅެންތައް ހިމެނެއެވެ. މުދައްރިސެއްގެގޮތުން އޭނާ ކުރައްވަމުން ގެންދަވާ ޚިދުމަތުގެ ތެރޭގައި، ދިވެހި ޅެންވެރިކަން ކުރިއަށް ގެންދެވުމަށްޓަކައި، ޅެމުގެ ހަމަތަކާއި، ޅެން ހަދާނޭގޮތް ދަރިވަރުންނަށް އުނގަންނައި ދެއްވައި، ޅެންވެރިކަން ކުރިޔަށް ގެންދެވުމަށް ޢަމަލީގޮތުން މަސައްކަތް ކުރައްވާފައިވެއެވެ.