އަލްފާޟިލް ޢަބްދުﷲ ޙަސަން
މ.ސްޓާރ

           ރާއްޖެއަށް މަޝްހޫރު ޢަބްދުﷲ ޙަސަން ނުވަތަ ހޮޅުދޫ ޢަބްދުﷲ އަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ވަރަށް ކުރި އަތުލައްވާފައިވާ ބޭފުޅެކެވެ. ތަފާތު ލަވަތައް އޭނާ ކިޔުއްވައި ޢާއްމުންގެ ކުރިމަތީގައި މަޤްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވެއެވެ. އޭނާ ކިޔުއްވާފައިވާ ލަވަތަކުގެ ތެރޭގައި، މަދަޙަ އާއި، މަވްލޫދު ޅެމާއި، ޤައުމީ އެކިއެކި މުނާސަބަތުތަކަށް ހަދާފައިވާ ލަވަތައް ހިމެނެއެވެ. މީގެ އިތުރަށް، އަސާސީ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ކިޔަމުންދިޔަ ލަވަތައްވެސް އޭނާ ކިޔުއްވާފައިވެއެވެ. ނުކުޅެދޭ މީހުންގެ އަހަރާ ބެހޭގޮތުން ހެދުނު ލަވަތަކާއި މިފަދަ ތަފާތު ލަވަ ހިމެނެއެވެ.