އަލްފާޟިލް މައިޒާން އަޙްމަދު މަނިކު
ހ.ގާދޫ

ރާއްޖެއަށް ވަރަށް ބޭނުންތެރި އެއް މަސައްކަތެއްކަމުގައިވާ އިލެކްޓްރޯނިކްސްގެ މަސައްކަތް ވަރަށް އެދެވޭގޮތެއްގައި ދިގު މުއްދަތެއްގައި ކުރައްވައި، ކުދީންނަށް އެމަސައްކަތް ދަސްކޮށްދެއްވުމުގައި މައިޒާން އަޙްމަދު މަނިކު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. ރާއްޖޭގެ މުވާޞަލާތުގެ ކަންތައްތަކުގައި އެންމެ އާދައިގެ ގޮތެއްގައި ގެންގުޅޭ ވޯކީޓޯކީއާއި، ޓްރާންސްމީޓަރާއި، ރޭޑިއޯ ފަދަ ތަކެތި މަރާމާތުކުރައްވައި އެތަކެތި ހައްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެފް.އެމް. ބްރޯޑްކާސްޓިންގ ފަށްޓަވައި ޚިދުމަތެއްގެ ގޮތުގައި ރޭޑިއޯ ސްޓޭޝަނެއް ހިންގަވައިގެން ޢާއްމުންނަށް މުނިފޫހި ފިލުވައި ދިނުމުގެ މަސައްކަތް ކޮށްދެއްވާފައިވެއެވެ.