އަލްފާޟިލް ޙަސަންފުޅު ދޮންތުއްތު
ހ.ފަތިސްހަނދުވަރުގެ

           ފާޚާނާގެ ފަސޭހަކަން މުޅި ރާއްޖެއަށް، ޚާއްޞަކޮށް މާލެއަށް ކިތަންމެހާވެސް ބޮޑަކަށްވަނީ ތަޢާރުފުވެފައެވެ. އިއްޔެ އަޅުގަނޑުމެން އުޅުނު ގޮތްވަނީ ހަނދާން ނެތިފައެވެ. އިއްޔެ ފެންވަރަން ބޭނުންކުރަން ޓިނުން ހަދައިގެން އުޅުނު ދާނީގެ ބޭނުން، އަނބުރާލާ އިސްކުރަކުން އަޅުގަނޑުމެން މިގެންދަނީ، ކުރަމުންނެވެ. ގޭގޭގެ ފުރާޅުތަކުގައި މިއަދު ބޭނުން ސައިޒަކުން އެސްލޯން ދިޔަދޮވި އެހެރީ ގަންނާން ލިބޭށެވެ. އަލްފާޟިލް ޙަސަންފުޅު ދޮންތުއްތުއަކީ، މިދެންނެވި ޓިނުގެ މަސައްކަތް ދިގު މުއްދަތަކަށް، ރީއްޗަށް، މޮޅަށް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާގެ މަސައްކަތަށް ބޭރު ޤައުމުތަކުގެ މީހުންވެސް ތަޢުރީފު ކުރެއެވެ.