އަލްފާޟިލް ޔޫސުފް ކަލޭފާނު
މާފުނަގެ / ނ.ކުޑަފަރި

           ރާއްޖެތެރޭގައި ތިއްބެވި ދުވަސްވީ ހަރު ބޭފުޅުންނަކީ، ދުރަށް ވިސްނާވަޑައިގެން، އަތޮޅަށާއި ރަށަށް އެންމެ ފައިދާހުރި ގޮތުގެ މަތިން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅުންކަމުގައި ދެންނެވިދާނެއެވެ. އެބޭފުޅުންގެ އިރުޝާދުގެ އިތުރުން، ޢަމަލީ ޚިދުމަތްވެސް އެބޭބޭފުޅުންގެ ރަށަށް ޚާއްޞަކޮށް ކޮށްދެއްވަމުން ގެންދަވަނީ، އުފަލާއެކުގައެވެ.

           އަލްފާޟިލް ކުޑަފަރީ ޔޫސުފް ކަލޭފާނަކީ، ވަރަށްގިނަ ޢަދަދަކަށް ރުއްގަސް އިންދަވައި ދިގު މުއްދަތަކަށް އެމަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.