އަލްފާޟިލް ޢަބްދުލްޙަމީދު މޫސާ
ހ.ގަސްދޮށުގެ

           ދިވެހިންނަކީ ޒަމާނުއްސުރެ ދިވެހި އަމިއްލަ ރާގަކަށް ޤުރުއާން ކިޔަވަމުންދިޔަ ބައެކެވެ. ނަމަވެސް، ރާއްޖެއާ ބޭރު ދުނިޔެއާ ގުޅުން ބަދަހިވަމުންދިޔަ ދިޔުމާއި، ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރަފުވަމުންދިޔަ މިންވަރަށް ޒަމާނުގެ ތަރައްޤީގެ އަސަރު ދިވެހިރާއްޖެއަށްވެސް ދިޔައީ ތަޢާރަފުވަމުންނެވެ. މިގޮތުން އިސްލާމީ ޤައުމުތަކާ ދިވެހި ރާއްޖެއާ ގުޅުން ބަދަހިވަމުންގޮސް، އިސްލާމްދީނުގެ ކަންތައްތަކަށްވެސް ދިވެހީންގެ ހޭލުންތެރިކަންދިޔައީ، އިތުރުވަމުންނެވެ. އޭގެތެރޭގައި، ކީރީތި ޤުރުއާން ބޭރު ޤައުމުތަކުގައި ޤާރީން ކިޔަވާ ރީތި ރާގުރާގަށް ރާއްޖޭގެ ދަރީންނަށް ކިޔަވައިދެއްވަންވެސް ފެށްޓެވިއެވެ.

           އަލްފާޟިލް ޢަބްދުލްޙަމީދު މޫސާއަކީ، ބޭރު ރާގަށް ޤުރުއާން ކިޔަވާވިދާޅުވުމުގައި އެންމެ އިސް ސަފުގައި އުޅުއްވާ ބޭފުޅެކެވެ. މިގޮތުން ބައިނަލްއަޤްވާމީ ކިތަންމެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރައްވާފައިވެސް ވެއެވެ.