އަންނަބީލާ ޙަބީބާ ޙުސައިން ހަބީބު
މއ.މާންދޫވިލާ

           "މަޢާފަށްވުރެ ދުރުގައެވެ". އާދެ، މިއީ ޙަބީބާ ޙުސައިން ޙަބީބު ދިވެހިބަހަށް ތަރުޖަމާކުރެއްވި ވާހަކަތަކުގެ ތެރެއިންވެސް ދިވެހި ޖިންސުއްލަޠީފުން ހިތް ތަޅުވާލި އަސަރުގަދަ ވާހަކައެކެވެ. އެވާހަކަ ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގައި އިނގިރޭސިބަހުން އެވާހަކަ ލިޔުއްވާފައިވާ ވާހަކަ ލިޔުންތެރިޔާ ގެނެސްފައިވާ ހުރިހާ އަސަރަކާއި، ފޮނިކަމަކާއި ހިތްދަތިކަމުގެ އަސަރު ދިވެހިބަހުން ވަރަށް ރީއްޗަށް ގެނެސްދެއްވާފައިވެއެވެ. އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބަކީ، މިނޫންވެސް ވަރަށްގިނަ ވާހަކަތަކެއް ބޭރުބަހުން ދިވެހިބަހަށް ތަރުޖަމާކުރައްވާފައިވާ ދިވެހިބަހަށްވެސް ވަރަށް ޚާއްޞަ ލޯތްބެއް ދެއްވާ ބޭފުޅެކެވެ. ރާއްޖޭގައި އުފެދުނު ލިޔުންތެރި އަންހެން ބޭފުޅުންގެ ތެރޭގައިވެސް ވަރަށް މަތީ ހަރުފަތަކަށް ވަޑައިގެންފައިވާ ބޭފުޅެއްކަން އޭނާގެ ލިޔުއްވުންތައް ކިޔައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.