އަލްފާޟިލް ޔޫސުފް ޢުމަރުފުޅު
މއ.ހީރާގެ

           ރާއްޖޭގައި ޑޮކްޓަރުންގެ ޚިދްމަތް ޢާއްމު ނުވާއިރު ދިވެހި ބޭސްވެރިންގެ ޚިދްމަތަކީ، ވަރަށް ފުޅާ ދާއިރާއަކަށް ފެތުރިފައި އޮތް އެއްޗެކެވެ. ގިނަ ބޭސްވެރިން ބޭސްކޮށްދީހަދަނީވެސް މާބޮޑު އެއްޗެއްވެސް ނެގުމަކާ ނުލައެވެ. އެގޮތުން ހީރާ ޔޫސުފްފުޅަކީވެސް، މުޖްތަމަޢަށް އޭނާގެ ޚިދްމަތް އެރޮނގުގައި ވަރަށް ބޮޑަށް ދެއްވަމުން ގެންދެވި ބޭފުޅެކެވެ.