އަލްފާޟިލް ޙުސައިން ކަލޭފާނު
ރޯޝަނީގެ / ރ.އިނގުރައިދޫ

           އަލްފާޟިލް ޙުސައިން ކަލޭފާނަކީ، ކިއްސަރު ވަޑާމަށް މޮޅު މާވަޑިންގެ ތެރޭގައި ފާހަގަކުރެވި، ފަހަކަށް އައިސް އެފަންނުގައި ރާއްޖޭގައި ހުންނެވި އެންމެމޮޅު މާވަޑި މީހާ ކަމުގައި ވަނީ ބެލެވިފައެވެ. ރާއްޖޭގެ މަޝްހޫރު ކިއްސަރަށް ދޯނިފަހަރު ބެންނެވުމުގެ އެތަކެއް އަހަރު ދުވަހުގެ ތަޖުރިބާ އޭނާއަށް ވަނީ ލިބިލައްވާފައެވެ. އޭގެ އިތުރުން، އިންޖީނު އެޅުމަށްޓަކައި ރާއްޖޭގައި ބަން ފުރަތަމަ ދޯނީގެ މާވަޑިއެއްގެ ގޮތުގައި އޭނާ ހުންނަވައިގެން ބޭރުގެ މާހިރުން ދެއްވި ނަމޫނާއާ އެއްގޮތަށް ދޯނި ބަނުމުގައި ގެންނެވި ބަދަލަކީ، ރާއްޖޭގެ ދޯނިފަހަރަށް އެކަށީގެންވާ ބަދަލުތަކެއްކަމަށް ބޭރުގެ މާހިރުންވެސް ގަބޫލުކޮށްފައިވެއެވެ.