އަލްފާޟިލް ޔޫސުފް މުޙައްމަދުފުޅު
މ.ލައިޓްސިގްނަލް

ޅެމާއި ލަވަ ގިނަބަޔަކު ހަދައިއުޅުނު ކަމުގައި ވިޔަސް، އަވަހަށް ޅެން ހެދުން ނުވަތަ ލަވަ ހެދުން އެއީ މަދު މީހަކަށްނޫނީ ކުރާކަށް މާފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް، އަލްފާޟިލް ޔޫސުފް މުޙައްމަދުފުޅު ޅެން ހައްދަވައި އުޅުއްވުމުގައި އެކަމަށް ގިނަވަގުތެއް ހޭދައެއް ނުކުރައްވައެވެ. ރާގެއްގެ އަޑު އިއްވާލުމާއެކު، އެ ރާގަކަށް ލަވަ ހައްދަވައިލެއްވުމަކީ، އޭނާއަށް ލިބިލައްވާފައިވާ ޚާއްޞަ ހުނަރުވެރިކަމެކެވެ. ޢިބްރަތްތެރި މައުޟޫޢުތަކަށް ޅެން ހައްދަވައި މަދަޙަވެސް ހައްދަވާފައިވެއެވެ.

އަލްފާޟިލް ޔޫސުފް މުޙައްމަދުފުޅަކީ، ފަހަކަށް އައިސް ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ޅެންވެރިޔާކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ވުމާއެކު، އޭނާގެ މިޚިދުމަތް ސަރުކާރުން ޤަބޫލުފުޅުކުރައްވައި، ދެއަހަރު ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ދެއްވާފައިވެއެވެ.