އަލްފާޟިލް މުޙައްމަދު މޫސާ
ސަރުސޫނުމާގެ / ޏ.ފުވައްމުލައް

ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ދަނޑުބިން ނެތްނަމަވެސް ރަށްބޮޑު، ބިންބޮޑު ރަށްރަށް މަދުމަދުންނަމަވެސް ރާއްޖޭގައި އަދިވެސް އެބަހުއްޓެވެ. ވުމާއެކު އެރަށްރަށުގެ މީސްމީހުން އެބިމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރެވޭތޯ މަސައްކަތްކުރައްވައެވެ. މިޒަމާނުގައި ދަނޑުވެރިކަން ކުރާގޮތް ދަސްވެފައި ނެތް ނަމަވެސް، އަދި އެފަދަ ތަކެތި ލިބެން ނެތްނަމަވެސް، ދިވެހިންނަކީ، އެންމެ ކުރީގައިވެސް ދަނޑުވެރިކަން ކޮށްއުޅުނު  ބައެކެވެ. އަލްފާޟިލް މުޙައްމަދު މޫސާއަކީވެސް، ދަނޑުވެރިކަމަށް ލޯބިކުރައްވާ ބޭކަލެކެވެ. އޭނާ ހައްދަވައި އުޅުއްވާ ތަކެއްޗަކީ، ކަރާ، ކަށްޓަލަ، ފަތްކެޔޮ، ބަރަބޯ، މިރުސް ފަދަ ތަކެއްޗެވެ. ދިރިއުޅުމުގެ ހުރިހާކަމެއް އޭނާ ހަމަޖައްސަވަނީ، މިމަސައްކަތުންނެވެ. އަދި ފައިސާ އެއްކުރައްވައިގެން، ޙައްޖުގެ އަޅުކަންވެސް އަދާ ކުރައްވާފައިވެއެވެ.