އަލްފާޟިލް ޢަބްދުއްޞަމަދު އަޙްމަދު
މއ.އެވަރބްރައިޓް

ޢަބްދުއްޞަމަދު އަޙްމަދަކީ،  ރާއްޖެއަށް އެންމެ ބޭނުންތެރި އެއް ރޮނގެއްކަމުގައިވާ ރެފްރިޖަރޭޝަންގެ ރޮނގުން ކުރިއަށް ވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ، އެއަރ ކޮންޑިޝަން އިންޖިނިއަރިންގގެ 2 އަހަރު ދުވަހުގެ ކޯހެއް ފުރުއްވާފައެވެ. ސްކޫލުން ނިމިގެން ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ޓެކްނީޝަން ޓްރޭނީއެއްގެ ވަޒީފާއެވެ. 1984ގައި ކޯސް ނިންމަވާފައި އެނބުރި ދުރުވީމާ، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަންގެ ވަޒީފާއަކަށް ހަމަޖެއްސެވިއެވެ. 1985ގައި ޖަޕާނުން "މެރިން ރެފްރިޖަރޭޝަން އެންޑް ފިޝިންގ ބޯޓް އިންޖިނިއަރިންގ"ގެ 5މަސް ދުވަހުގެ ކޯހެއްވެސްވަނީ، ހައްދަވާފައެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށްޓެވީ އާދައިގެ ގޮތަކަށް ވޯކްޝޮޕެއް ހައްދަވައިގެން، ގޭގައެވެ. އޭގެފަހުން ވޯކްޝޮޕް ތަރައްޤީކުރަމުން ގެންދަވައި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުގައި "ބްރައިޓް ބްރަދާސް"ގެ ނަމުގައި ވޯކްޝޮޕެއް ރަޖިސްޓަރީ ކުރައްވައިގެން އޭނާގެ ބޭބެއާއެކު މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިވޯކްޝޮޕުގައި އެއަރ ކޮންޑިޝަނަރ، އައިސް އަލަމާރި، ފްރީޒަރ ފަދަ ތަކެތި މަރާމާތުކޮށް އަދި އަމިއްލައަށް މިއެއްޗެހި އުފައްދަވައި ހައްދަވައެވެ. އަމިއްލައަށް އުފެއްދެވި މިބާވަތުގެ ވަރަށްގިނަ ޑީޕް ފްރީޒަރު ވަރަށްގިނަ ތަންތާނގައި މިހާރު ބޭނުންކުރެއެވެ.