އަލްފާޟިލް އަނޫފް ޢަބްދުﷲ
އާރުޒޫ، ގދ.ތިނަދޫ

ޞިއްޙީ ދާއިރާއިން ކިރްގިޒްސްތާނުގެ އިންޓަރނޭޝަނަލް ސްކޫލް އޮފް މެޑިސިންގައި މަތީ ތަޢުލީމު ހާސިލުކުރައްވަމުން ގެންދަވާ އަނޫފް ޢަބްދުﷲ އަކީ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓް ގްރޫޕުން ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރާ އެންމެ ފުރަތަމަ ސްކައުޓެވެ. 2011 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅުމަށްފަހު މިއަދާ ހަމައަށް އަނޫފް ވަނީ 37 ފަންނީ ބެޖް ހޯއްދަވާފައެވެ. އަދި [ސީނިއަރ ސްކައުޓް އެޕޮލެޓް] އަދި [ބުޝްމަން ތޮންގ] ވަނީ ހާސިލުކުރައްވާފައެވެ. ސްކައުޓެއްގެ ގޮތުގައި އަނޫފް ކުރައްވާފައިވާ މަސައްކަތްތަކާއި، ހޯއްދަވާފައިވާ ކުރިއެރުންތަކުގެ ސަބަބުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ [ބެސްޓް އޯލްރައުންޑް ސްކައުޓް] އެވޯޑު، 2014 ވަނަ އަހަރާއި އަދި 2015 ވަނަ އަހަރުވެސް ވަނީ ހާސިލުކުރައްވާފައެވެ.