އަލްޙާފިޡާ މަރްޔަމްދީދީ
މެރިހާނާ، ސ.މީދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ ޢާއިލާގައި ޤުރްއާން ހިތުދަސްކުރައްވައިގެން ތިއްބެވި މަރްޔަމްދީދީގެ ދައްތައާއި ދެ ކޮއްކޮގެ ފަރާތުން ހިތްވަރު ލިބިވަޑައިގަންނަވައިގެންނެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ގެންދެވީ 2000 ވަނަ އަހަރުން ފަށްޓަވައިގެން މީދޫ މަސްޖިދުއް ތަޛްކިރާގަޔާއި، ޝަރީފީ ޕްރީ-ސްކޫލުގައެވެ. އޭގެފަހުން ސ.މީދޫ މަކްތަބުލް ޢަޞްރިއްޔާގައެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ޤުރްއާން ހިތުދަސްކުރައްވައި ނިންމަވައި، ސަނަދު ހާސިލު ކުރެއްވީ މި އަހަރުގެ މާރިޗު މަހުއެވެ.