އަލްޙާފިޡާ ސުޖާތާ ޢަބްދުލްޣަފޫރު
މާލެ ދަފްތަރު ނަންބަރު: ރސ 5559

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަކީ، ޅަފަތުގެ ދުވަސްވަރުން ފެށިގެންވެސް ޝައުޤުވެރިކަން ދެއްވި ކަމެކެވެ. އޭރު ޢަޒުމް ކަނޑައެޅުއްވީ 5 އަހަރުން ޤުރްއާން ހިތުދަސްކުރެއްވުމަށެވެ. އެ ޢަޒުމުގައި ފެށްޓެވި މަސައްކަތުގައި ޤުރްއާން ހިތުން ކިޔައިލެވޭވަރަށް މުރާޖަޢާކޮށް ނިންމެވީ 2 އަހަރު ދުވަހުންނެވެ. ޤުރްއާން ހިތުދަސްކުރެއްވުމަށް 3 މާރިޗު 2013 ގައި ފެށްޓެވި މަސައްކަތް މުޅިން ނިންމަވައި ސަނަދު ހާސިލު ކުރެއްވީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ.