ޑޮކްޓަރ ޢާއިޝަތު ޢަލީ
މ.ހިޔާވަހިގެ

ޑޮކްޓަރ ޢާއިޝަތު ޢަލީއަށް ދިވެހި ސަރުކާރުން ހަނދާނީ ފިލައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕީ.އެޗް.ޑީ.އަށް ފުރަތަމަ ހުޅުވައިލި ފުރުޞަތުގައި އެކޯހުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގައި ފުރަތަމަ ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމުގެ ޝަރަފު ހޯއްދަވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި އެކަމުގެ ހަނދާނެއްގެ ގޮތުންނެވެ.

ޑޮކްޓަރ ޢާއިޝަތު ޢަލީގެ ޢިލްމީ ތަޙުޤީޤު ބިނާކުރައްވާފައިވަނީ، 1900ވަނަ އަހަރުން ފެށިގެން 2015ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ 115 އަހަރުގެ މުއްދަތުގައި ދިވެހިރާއްޖޭގައި ހިންގުނު މުހިންމު ތަޢުލީމީ ސިޔާސަތުތައް ޕޮލިސީ ޓްރެޖެކްޓަރީ ނަޒަރިއްޔާއިން ދިރާސާ ކުރެއްވުމުގެ މައްޗަށެވެ.